ބޯޓް ބިލް
ވެބްސައިޓްގެ ބަސް ދިވެހިއަށް ބަދަލުވެއްޖެ
ކުރިން ސަބްސްކްރައިބް ކުރިންތޯ؟ލޮގިންހޯމް ޕޭޖް
ތިބާގެ މަޢުލޫމާތު

ޕްރައިވަސީ ޕޮލިސީ

Last updated: 19 July 2026

ތިބާގެ މަޢުލޫމާތު ކޮން ސަބަބަކަށް ނަގަނީ،؟ ކިހިނެއް ރައްކާ ކުރަނީ،؟ އަދި ކޮން ބަޔަކަށް ހިއްސާ ކުރެވެނީ؟ މި ސުވާލުތަކުގެ ޖަވާބު ޕޮލިސީގައި ބަޔާން ކުރެވިފައި އެވަނީއެވެ.

ނަގާ މަޢުލޫމާތު

• ނަން، އީމެއިލް، ފޯނު ނަންބަރު އަދި ކުންފުނީގެ ނަން.
• ހޮވާ ޕެކޭޖް، އޯޑަރު، ޕޭމަންޓް ސްޓޭޓަސް އަދި ގެޓްވޭ ރެފަރެންސް.

• ލޮގިން ސެޝަން، އައި.ޕީ އެޑްރެސް، ބްރައުޒަރު އަދި ސެކިއުރިޓީ ލޮގް.

މި މަޢުލޫމާތުތައް ބޭނުން ކުރާ ގޮތް

އޯޑަރު ތައްޔާރު ކޮށް، ޕޭމަންޓް ކޮންފާމް ކޮށް، ސަބްސްކްރިޕްޝަން އެކްޓިވް ކުރުމަށާއި، ރަސީދުތަކާއި ޚިދުމަތާ ގުޅޭ މެސެޖް ފޮނުވުމަށާއި، ފްރޯޑް އަދި ސެކިއުރިޓީ މައްސަލަ ދެނެގަތުމަށް މި މަޢުލޫމާތު ބޭނުން ކުރެވެއެވެ.

ޕޭމަންޓް މަޢުލޫމާތު

ކާޑު ނަންބަރު، އެކްސްޕައިރީ ތާރީޚު އަދި ސެކިއުރިޓީ ކޯޑް ބޯޓް ބިލް ސާރވަރުގައި ނުނަގާނެ އަދި ސްޓޯރ ނުކުރާނެއެވެ. އެ މަޢުލޫމާތު ފުރާނީ ބީ.އެމް.އެލްގެ ސެކިއުރ ޕޭމަންޓް ޕޭޖުގައެވެ.

އެކައުންޓް-ވަކި ކްލައުޑް ޑޭޓާ

ސޮފްޓްވެއާގައި ހަދާ ބިލް، ދޯނި، ޚަރަދު، މުވައްޒަފުން އަދި ރިޕޯޓުގެ ޑޭޓާ ތިބާގެ އެކައުންޓަށް ވަކިން ކްލައުޑް ސާރވަރުގައި ރައްކާ ކޮށް އޮޓޯމެޓިކްކޮށް ސިންކް ކުރެވެއެވެ. އޮފްލައިން ބޭނުމާއި ރިކަވަރީއަށް އެ ޑޭޓާގެ ލޯކަލް ކެޝެއް ޑިވައިސްގައި ރައްކާ ކުރެވޭނެއެވެ. އެކައުންޓް ބަދަލުވުމުން ޑޭޓާ އެހެން އެކައުންޓްތަކާ މިކްސް ނުކުރާނެއެވެ.

ޑޭޓާ އެކްސްޕޯޓް ކުރުމަށް، އެކައުންޓް މަޢުލޫމާތު ބެލުމަށް ނުވަތަ އިތުރު ޚިދުމަތަކަށް އެދުމަށް support@digital-raajje.com އަށް އެދިދާނެއެވެ. ޤާނޫނީ، އެކައުންޓިންގ ނުވަތަ ފްރޯޑް ރެކޯޑް ބެހެއްޓުމުގެ ޒިންމާއެއް އޮތްނަމަ އެ މުއްދަތަށް ބައެއް ރެކޯޑް ބަހައްޓަން ޖެހިދާނެއެވެ.

ކުކީތަކާއި ސެޝަން

ލޮގިން ހާލަތު އަމާންކޮށް ބެލެހެއްޓުމަށް ސެކިއުރ ސެޝަން ކުކީ ބޭނުން ކުރެވެއެވެ. މި ކުކީ އެޑްވަރޓައިސިންގއަށް ބޭނުން ނުކުރާނެއެވެ.

ޚިދުމަތް ދިނުމަށް ލާޒިމް ފަރާތްތަކާ — ބީ.އެމް.އެލް ޕޭމަންޓް ގެޓްވޭ، ހޯސްޓިންގ އަދި އީމެއިލް ޚިދުމަތް — ބޭނުންވާ މިންވަރަށް މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ. މާކެޓިންގ ފަރާތްތަކަށް މަޢުލޫމާތު މި ވެބް ސޮފްޓްވެއާއިން ހިއްސާ ނުކުރާނެއެވެ.