ބޯޓް ބިލް
ވެބްސައިޓްގެ ބަސް ދިވެހިއަށް ބަދަލުވެއްޖެ
ކުރިން ސަބްސްކްރައިބް ކުރިންތޯ؟ލޮގިންހޯމް ޕޭޖް
ޚިދުމަތުގެ ޝަރުޠުތައް

ޝަރުޠުތަކާއި އުސޫލުތައް

Last updated: 18 July 2026

ބޯޓް ބިލް ސޮފްޓްވެއާ ބޭނުން ކުރުމުގެ ކުރިން މި ޝަރުޠުތައް ކިޔުއްވާ. ސަބްސްކްރައިބް ކުރުމަކީ މި ޝަރުޠުތައް ޤަބޫލު ކުރުމެވެ.

ޚިދުމަތާއި ލައިސަންސް

ބޯޓް ބިލްއަކީ ބިލް، ޚަރަދު، ދޯނި، މުވައްޒަފުން އަދި ރިޕޯޓް މެނޭޖް ކުރުމަށް ދެވޭ ސޮފްޓްވެއާ ޚިދުމަތެކެވެ. އެކްޓިވް ސަބްސްކްރިޕްޝަނެއް ހުރި މުއްދަތުގައި، އެ ބޯޓަކަށް މި ސޮފްޓްވެއާ ބޭނުން ކުރުމުގެ ހުއްދައިގެ ލައިސަންސެއް ދެވެއެވެ.

އެކްސެސް ކޯޑް، ލޮގިން މަޢުލޫމާތު ނުވަތަ ސޮފްޓްވެއާގެ އަސްލު ބަދަލުކޮށް ކޮޕީއެއް އެހެން ފަރާތަކަށް ވިއްކުން، ދިނުން ނުވަތަ ފޯރުކޮއްދިނުން މަނާވާނެވެ. މިފަދައިން އަމަލު ކުރާނަމަ ޤާނޫނީ ގޮތުން އެފަރާތަކާމެދު ދައުވާކުރެވޭނެއެވެ.

ޕެކޭޖްތަކާއި ފައިސާ

? މަހު ޕެކޭޖް: MVR 300، މުއްދަތަކީ އެއް މަހެވެ.
? އަހަރު ޕެކޭޖް: MVR 3,000، މުއްދަތަކީ ބާރަ މަހެވެ.

? ޕޭމަންޓް ކާމިޔާބު ކަމަށް ބީ.އެމް.އެލް ގެޓްވޭއިން ކޮންފާމް ވުމުން ސަބްސްކްރިޕްޝަން އެކްޓިވް ވާނެއެވެ.

ރިނިއު ކުރުމާއި ކެންސަލް ކުރުން

މިހާރުގެ ޚިދުމަތުގައި ޕެކޭޖް އޮޓޯމެޓިކްކޮށް ރިނިއު ނުވާނެއެވެ. މުއްދަތު ހަމަވާން ކައިރިވުމުން ހަނދާންކޮށްދެވޭނެ، އަދި ކަސްޓަމަރުގެ ޕެކޭޖް ރިނިއު ވާނީ އާ ޕޭމަންޓެއް ދެއްކުމުންނެވެ. ރިނިއު ނުކުރައްވާނަމަ އިތުރު ފައިސާއެއް ނުކެނޑޭނެއެވެ.

ކެންސަލް ކުރިޔަސް ދެއްކި މުއްދަތު ނިމެންދެން އެކްސެސް ލިބޭނެއެވެ. ރިފަންޑް ދެވޭ ގޮތް ރިފަންޑް ޕޮލިސީގައި އެވަނީއެވެ.

ކަސްޓަމަރުގެ ޒިންމާ

? ލޮގިން އަދި އެކްސެސް ކޯޑް ރައްކާތެރިކޮށް ބަހައްޓާ، ސޮފްޓްވެއާރ މެނޭޖްކުރާ މީން ފިޔަވާ އެހެން މީހަކަށް ނުދިނުން.
? ބްރައުޒަރުގައި ރައްކާ ކުރެވޭ ވިޔަފާރީގެ ޑޭޓާ ބެކަޕް ނެގުން.

? ޤާނޫނުން މަނާ ކަމަކަށް ނުވަތަ އެހެން ފަރާތެއްގެ ޙައްޤެއް ގެއްލޭ ކަމަކަށް ސޮފްޓްވެއާ ބޭނުން ނުކުރުން.

ޚިދުމަތުގެ ލިމިޓާއި ބަދަލުތައް

ސޮފްޓްވެއާ އަށް އަޕްޑޭޓްއެއް ގެންނަން ޖެހިއްޖެ ނަމަ ދާއިމީކޮށް ބޭނުން ކުރެވޭ ގޮތަށް ބެލެހެއްޓުމަށް ރޭގަނޑު މަސެއްކަތް ކުރެވޭނެއެވެ. މަރާމާތު، ސެކިއުރިޓީ، ނެޓްވޯކް ނުވަތަ މިއިން ބޭރު ކަމަކުން ވަގުތީކޮށް ޚިދުމަތް ހުއްޓިދާނެއެވެ.

ޤާނޫނާއި ގުޅުން

މި ޝަރުޠުތައް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތަށެވެ. ސުވާލެއް ނުވަތަ ޝަކުވާއެއް އޮތްނަމަ support@digital-raajje.com އަށް އީމެއިލް ކުރައްވާ.