ރިފަންޑް އަދި ކެންސަލޭޝަން
Last updated: 18 July 2026ޕޭމަންޓެއް ކުރެއްވުމަށް ފަހު ރިފަންޑް އަދި ކެންސަލޭޝަން ހިނގާނެ ގޮތް މި ޕޮލިސީގައި ބަޔާން ކުރެވިފައި އެވަނީއެވެ.
ޚިދުމަތް ލިބޭ ގޮތް
ބީ.އެމް.އެލް ގެޓްވޭއިން ޕޭމަންޓް ކާމިޔާބު ކަމަށް ކޮންފާމް ވުމުން މަހު ނުވަތަ އަހަރު ޕެކޭޖް އެކްޓިވް ކޮށް، ސޮފްޓްވެއާ އެކްސެސް ދެވެއެވެ. އާންމުކޮށް މިކަން ވާނީ އެއްވެސް ޑެލިވަރީ ވަގުތެއް ނެތި އެވެ. ޕޭމަންޓް ޕެންޑިންގ ކަމަށް ފެންނަނަމަ ކާމިޔާބު ކަމަށް ސާރވަރުން ކޮންފާމް ވުމެއް ނެތި އެކްސެސް ނުދެވޭނެއެވެ.
ރިފަންޑް އެދިދާނެ ހާލަތުތައް
? އެއް އޯޑަރަކަށް ދެފަހަރު ނުވަތަ އެއްފަހަރަށް ވުރެ ގިނަފަހަރު ފައިސާ ކެނޑުން.
? ޕޭމަންޓް ކާމިޔާބުވިނަމަވެސް ސަބްސްކްރިޕްޝަން އެކްޓިވް ނުވުން، އަދި ސަޕޯޓްއިން އެ މައްސަލަ ހައްލު ނުކުރެވުން.
? ސޮފްޓްވެއާގެ މުހިންމު ފަންނީ މައްސަލައަކުން ޚިދުމަތް ބޭނުން ނުކުރެވި، އެ މައްސަލަ ހައްލު ނުކުރެވުން.
ރިފަންޑް ނުދެވޭ ހާލަތުތައް
މަތީގައި ބަޔާން ކޮއްފައިވާ ކަންކަން ފިޔަވައި އެހެން ހާލަތެއްގައި ރިފަންޑް ނުކުރެވޭނެއެވެ.
ޕެކޭޖް 1 ދުވަހައްވުރެ ގިނަ މުއްދަތަކަށް ބޭނުންކޮއްފައި ހުރުން. ފުރީ ޓުރައިލް ހިއްސާކޮއްފައި އެވަނީ ޓެސްޓް ކުރުމަށެވެ. އެހެން ކަމުން ރަނގަޅަށް ޗެކްކުރުމަށް ފަހު ޕެކޭޖް ނަގާށެވެ.
ރިފަންޑް އެދޭނެ ގޮތް
support@digital-raajje.com އަށް ޕެކޭޖްނެގި، ޕޭމަންޓް ތާރީޚު، އީމެއިލް އަދި ރިފަންޑް އެދޭ ސަބަބު ފޮނުއްވާ. ހުށައެޅުން ލިބުމުން ޕޭމަންޓް ރެކޯޑް ޗެކް ކޮށް އިތުރު މަޢުލޫމާތު ދެވިގެންދާނެއެވެ.
ރިފަންޑް ޕްރޮސެސިންގ
ރިފަންޑް އެޕްރޫވް ވުމުން އަސްލު ޕޭމަންޓް ކުރި ކާޑަށް ނުވަތަ ބީ.އެމް.އެލްއިން ހުއްދަދޭ އެހެން ގޮތަކުން ރިފަންޑް ކުރެވޭނެއެވެ. ބޭންކުގެ ޕްރޮސެސިންގ ވަގުތާ އެކު ފައިސާ ކާޑު ސްޓޭޓްމަންޓުގައި ފެންނުމަށް 7–14 ބިޒްނަސް ދުވަސް ނެގިދާނެއެވެ.
ކެންސަލޭޝަން
މިހާރުގެ ޕެކޭޖްތައް އޮޓޯމެޓިކްކޮށް ރިނިއު ނުވާތީ، ރިނިއު ނުކުރައްވާނަމަ އިތުރު ފައިސާ ކެނޑުމެއް ނުހުންނާނެއެވެ. ކެންސަލް ކުރި ފަހުން މުއްދަތެއް އޮތްނަމަ އެ މުއްދަތު ނިމެންދެން ސޮފްޓްވެއާ ބޭނުން ކުރެވޭނެއެވެ.